Link Road Gai Solar Panel Bahahtanee
image
ސޯލާ ޕެނަލް ހަރުކޮށްފައި-- ފޮޓޯ: އައްޑޫ ލައިވް
0 ކޮމެންޓް
 

ލިންކް ރޯޑުގައި ސޯލާ ޕެނަލް ބަހައްޓަނީ

މާލޭއަށް ބޭނުންވާ ކަރަންޓު އަވިން އުފެއްދުމުގެ ގޮތުން ސިނަމާލޭ ބްރިޖާއި ގުޅިފައިވާ ލިންކް ރޯޑުގެ އެއް ފަރާތުގައި ސޯލާ ޕެނަލް ބަހައްޓަން ނިންމައިފި އެވެ.
އެ މަޝްރޫއަކީ ހަކަތަ އުފައްދަން ތެލަށް ކުރާ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހިންގާ 'އެކްސަލެރޭޓިން ސަސްޓެއިނަބްލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ'ގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން ފަސް މެގަ ވޮޓުގެ ކަރަންޓު އުފައްދާނެއެވެ.

އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު އިއުލާނުކޮށްފައިވާއިރު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މާޗު މަހުގެ 14 ކުރިން އެކަމަށް އެދި ހުށަހެޅޭނެ އެވެ. ބްރިޖާއި ހައިވޭގެ އެއް ފަރާތުގައި ސޯލާ ޕެނަލްތައް ބެހެއްޓުމާއި ކަރަންޓު ދިނުމުގެ އިތުރުން އޮޕަރޭޓު ކުރުމުގެ ޒިންމާތައް ވެސް ނަގަން ޖެހެނީ މަޝްރޫއު ހިންގާ ފަރާތަކުންނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކުގައި ހިންގާ އެ ޕްރޮޖެކްޓަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައިވެއެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގެ 1000 ހައުސިން ޔުނިޓެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވެއެވެ. އަދި މިހާރު ވަނީ އެ ޕެނަލްތައް މެދުވެރިކޮށް އަވިން ކަރަންޓު ނަގަން ފަށާފައެވެ.
ހިޔާލު