Gina Adhadhehge masthuvathakehchaeku Naifarun meehaku hayyaru koffi
image
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 34 ރަބަރު ޕެކެޓު---ފޮޓޯ:ޕޮލިސްލައިފް.
0 ކޮމެންޓް
 

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި އެމައްސަލަގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އެގޮތުން އެމީހާ ހައްޔަރުކޮށްފައިވަނީ ނައިފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާކަމުގެ މައުލޫމާތަކާ ގުޅިގެން ފުލުހުންނަށް ހިންގި އޮޕަރޭޝަނެއްގައެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 17:25 ހާ އިރު އެރަށުގެ ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 34 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. އެމައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިޔާލު