Cockpit thereygai Nidhi Pilot akah adhabu dheefi
image
ޕައިލެޓު ނިދާފައި--
0 ކޮމެންޓް
 

ކޮކްޕިޓް ތެރޭގައި ނިދި ޕައިލެޓަކަށް އަދަބު ދީފި

ޗައިނާ އެއާލައިންގެ ޕައިލެޓަކު ދަތުރެއްގެ މެދު ތެރޭގައި ނިދާފައި އިން ވީޑިއޯއެއް އާންމުވާއެކު އެ ޕައިލެޓަށް އަދަބުދީފައިވާ ކަމަށް ނޫސްތަކުން ބުނެފިއެވެ.
ވެންގް ޖިއާގީ ނަމަކަށް ކިޔާ އެ ޕައިލެޓު ނިދާފައި އިންދާ ވީޑިއޯ ކޮށްފައިވަނީ ކޯ ޕައިލެޓެވެ. އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ކޯޕައިލެޓަށް ވެސް އެ އެއާލައިނުން ނަސޭހަތް ދީފައިވާއިރު ނިދާފައި އިން ޕައިލެޓަށް ދިނީ ކޮން އަދަބެއް ކަމެއް ނޭނގެއެވެ.

ޖިއާގީއަކީ ޗައިނާ އެއާލައިންގެ ސީނިއާ ޕައިލެޓެކެވެ. އެގޮތުން ޕައިލެޓެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 20 އަހަރު ވެފައިވެއެވެ.

އެކަމަކު، ވީޑިއޯ ނަގާފައިވަނީ ކޮން އިރަކުކަން ނޭނގުން ނަމަވެސް ކުޑަ ވަގުތުކޮޅެއްގައި އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

އެކަމާއި ގުޅިގެން ޗައިނާ އެއާލައިންސުން ބައެއް މީޑިއާތަކަށް ބުނީ، އެ އެއާލައިންނަށް އެންމެ މުހިއްމީ ފްލައިޓުގެ ރައްކާތެރިކަން ކަމަށެވެ.

ޕައިލެޓު ނިދާފައި އިން ވީޑިއޯއެއް އާންމުވެފައި މިވަނީ މާ ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭތީ އެ އެއާލައިންގެ ޕައިލެޓުން ހަޅުތާލުވެސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުވެސް ޕައިލެޓުން ދަތުރުގެ ތެރޭގައި ނިދާ މައްސަލަތައް ފެންމަތިވެފައިވެއެވެ.
ޗައިނާ
ހިޔާލު