DRP Candidatunge Nan Iulaanu Nukurevunee Idhaare Olhumakun
image
ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު އަދި ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ):---
4 ކޮމެންޓް
 

އަދުރޭއަށް ޑީއާރުޕީ ކެނޑިޑޭޓުންގެ ނަން އިއުލާނު ނުކުރެވުނީ "އިދާރީ އޮޅުމަކުން"

ރައީސް ޔާމީނުގެ ތާއީދާއެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ލިސްޓު އާންމުކުރި އިރު ޑީއާރުޕީގެ ތިން ކެނޑިޑޭޓެއްގެ ނަން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް އިއުލާނު ނުކުރެވުނީ އިދާރީ އޮޅުމަކުންކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ތާއީދުކުރާ ކެންޑިޑޭޓުންގެ ލިސްޓް ވަނީ އާއްމު ކޮށްފައެވެ. ނަމަވެސް ޑީއާރުޕީގެ އެއްވެސް ކެންޑިޑޭޓެއް އެލިސްޓްގައި ހިމެނިފައެއް ނުވެއެވެ. ބަދަލުގައި ޑީއާރުޕީގެ ކެންޑިޑޭޓުން ކުރިމަތި ލާފައިވާ ދާއިރާތަކުން ރައީސް ޔާމީންގެ ތާއީދު ދީފައިވަކަމަށް ބުނެފައިވަނީ އެހެން ކެނޑިޑޭޓުންތަކަކަށެވެ.

މި މައްސަލައިގައި ޑީއާރުޕީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެގައިވަނީ "ޕީއެންސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ އިންތިގާލީ ރައީސް އޮނަރަބަލް އަބްދުރަހީމް އަބްދުﷲ އިއުލާނު ކުރެއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ތާއީދުކުރާ ކެނޑިޑޭޓުންގެ ލިސްޓުގައި މިޕާޓީގެ މެމްބަރުން ހިމެނިފައިނުވަނީ އިދާރީ އޮޅުމަކުން،" ކަމަށެވެ.

އަދި ޑީއާރުޕީގެ ތިން ކެނޑިޑޭޓަކަށް 2018 ޑިސެންބަރު 6 ވަނަ ދުވަހު ރައީސް ޔާމިން ތާއީދު ދެއްވާފައިވާކަމަށެވެ. އެ ކެނޑިޑޭޓުންނަކީ؛

1. މުހައްމަދު ނަޝީދު - ކާށިދޫ ދާއިރާ،
2. ޑރ. މުހައްމަދު ޝާފިޢީ - ގަލޮޅު އުތުރު ދާއިރާ،
3. މުހައްމަދު ފިޝާވިން ސަލީމް - ހެންވޭރު އުތުރު ދާއިރާ އެވެ.

މި ކެނޑިޑޭޓުންގެ ކެމްޕޭނު ކުރިއަށް ގެންދާނީ ވެސް ޕީއެންސީ އަދި ޕީޕީއެމްގެ ތާއީދު ލިބިފައިވާ ކެނޑިޑޭޓުންގެ ގޮތުގައި ކަމަށް ވެސް އެ ޕާޓީން ބުނެއެވެ. އަދި އެ ޕާޓީގެ އެއްވެސް ގޮނޑިއެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށް ނުލާނެކަމަށް ވެސް ނޫސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އަދި އެއްވެސް ބަހެއް ނުބުނެއެވެ.

ހިޔާލު

ހަސަނުމް

ޖޭޕީން ކެޑިޑޭޓުން ނެރުނު ދާއިރާ ތަކަށް ޕީޕީއެމް އިން އަމިއްލަ ކެޑީޑޭޓުންގެ ގޮތުގަ ބަޔަކު ނުނެރޭތަ؟

ކޭބީ

ޑީއާރުޕީ އަކީ ނަމެއް. މެންބަރުން ތިބިނަމަތާ ކައުންޓު ކޮށްލެވޭނީ

އައްލަބޭ

ތީ ވަރަށް ފައްކާ ކޯލިޝަން އެކެވެ. އެ ދާއިރާއަކަށް 2 ކެނޑިޑޭޓުން ނެރެގެން 2 މީހުން ހޮވަން މަސައްކަތްކުރާ ކޯލިސަނެކެވެ. ބުރާންތި ވިޔަސް ތީ ބޮޑު ވަރެކެވެ.

ހައްވަ

ކާކުތަ ތިޓިނު އޮޅުން ބަލަނީ؟