Male' himeney gothah, Raajjeyge bodu bayakah white alert nerefi
image
ކަނޑުގަދަ ދުވަހެއްގައި ފެރީއެއް ދަތުރު ކުރަނީ -- ފޮޓޯ: ހަބަރުދަބަރު
0 ކޮމެންޓް
 

މާލެ ހިމެނޭ ގޮތަށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ މާލެ ހިމެނޭ ގޮތަށް، ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ، ރާއްޖޭގެ ބޮޑު ބަޔަކަށް، ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާޓް ނެރުނީ މިއަދު ހެނދުނު 11:15 އިން ހަވީރުން 04:00 އަށެވެ. މެޓުން ލަފާކުރާ ގޮތުގައި އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

އެގޮތުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއަދު ހެނދުނު ވެސް މެޓުން ވައިޓް އެލާޓެއް ނެރުނެވެ.

މެޓު އޮފީހުގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ މާލެ ސަރަހައްދަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުވަދު އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ހިސާބުތަކަށް ކުރިން އެލާޓް ނެރުނީ މެންދުރު 12:00 އާ ހަމައަށެވެ. އާ އެލާޓާއެކު އެ ސަރަހައްދުތަކުގު މޫސުން ހަވީރު 04:00 އާ ހަމައަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ.

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައް، ހާއްސަކޮށް ދެކުނާއި މެދުތެރޭގައި، ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. އެގޮތުން މިހަފްތާގެ ތެރޭގައި ގއ. ވިލިނގިއްޔަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުން ހަތަރު ގެއަކަށް ގެއްލުންވި އެވެ.
މެޓް
ހިޔާލު