India ge javvee ulhandhu anna mahu handhah thiri kuranee
image
އިންޑިއާގެ ޖައްވީ އުޅަނދު ޗަންދްރާޔަން 2-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

އިންޑިއާގެ ޖައްވީ އުޅަނދު އަންނަ މަހު ހަނދަށް ތިރި ކުރަނީ

އިންޑިއާގެ ޖައްވީ އުޅަނދު ޗަންދްރާޔަން 2 ކާމިޔާބު ކަމާއެކު ދުނިޔޭގެ އޯބިޓުން ބޭރުވެފައިވާ ކަމަށާއި އަންނަ މަހު ހަނދުގައި ޖައްސާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ އުޅަނދު ޖައްވަށް ފޮނުވާލީ މިދިޔަ މަހު އެވެ. އޭގައި ހިިމެނެނީ އޯބިޓާ އަކާއި ލޭންޑާ އަކާއި ކުޑަ ރޯވާ އެކެވެ. ދުނިޔޭގެ ބޭރުގައި 22 ދުވަސް އޮތުމަށް ފަހު، އެ އުޅަނދު މިހާރު ވަނީ ދުނިޔޭގެ އޯބިޓު ނިކުމެފަ އެވެ.

މިހާރު އޭތި ދަތުރު ކުރަމުން ދަނީ ހަނދާ ދިމާލަށެވެ. އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ) އިން ބުނީ ހުރިހާ ކަމެއް ވެސް ދަނީ ރަނގަޅަށް ކަމަށެވެ.

ހަނދާ ހަމައަށް ދެވުމުން، އުޅަނދުގައިވާ ލޭންޑާ ނެއްޓި، ހަނދުގެ ދެކުނު ބިތަށް ތިރި ކުރާނީ ސެޕްޓެމްބަރު 7 ގައެވެ. އޭގެ ފަހުން ހަނދުގެ ފަށަލަ މަތީގައި ދެ ހަފްތާ ވަންދެން އެކި ތަހުލީލުތައް ކުރާނެ އެވެ.

އެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލެވިއްޖެ ނަމަ، އިންޑިއާ ވާނީ އެމެރިކާ، ރަޝިއާ އަދި ޗައިނާ އަށް ފަހު ހަނދަށް ދަތުރު ކުރި ހަތަރުވަނަ ގައުމަށެވެ.
އިންޑިއާ
ހިޔާލު