Italy hospital ehga kudakudhinnah haassa beach eh
image
ގެސްލިނީ ޕެޑިއެޓްރިކް އިންސްޓިޓިއުޓް އޮފް ޖެނޯ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިޓަލީ ހޮސްޕިޓަލެއްގައި ކުޑަކުދިންނަށް ހާއްސަ ބީޗެއް

ގިނަ ހޮސްޕިޓަލްތަކުން އެތަނަށް ޒިޔާރަތް ކުރާ މީހުންނަށާއި ބަލި މީހުންނަށް ހިތްހަމަޖައްސާލެވޭނެ ފަދަ މާހައުލެއް ބިނާކުރަން މަސައްކަތް ކުރެއެވެ.
އެގޮތުން އިޓަލީގެ ޖެނޯ ގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ "ގެސްލިނީ ޕެޑިއެޓްރިކް އިންސްޓިޓިއުޓް އޮފް ޖެނޯ" އިން ވަނީ އެ ތަނުގައި އެނދުމަތި ކުރާ ކުޑަކުދިންނަށް ހާއްސަ ބީޗެއް ގާއިމްކޮށްފަ އެވެ.

ގެސްލިނީ ބީޗްގެ ނަމުން ނަންދީފައިވާ އެ ބީޗުގެ ސަބަބުން ތާޒާ ވައި ލިބި ހިތްހަމަޖެހޭ މާހައުލެއް ބިނާކުރެވޭނެ ކަމަށް ޑޮކްޓަރުން ގަބޫލުކުރެ އެވެ.

ހަމަ އެހެންމެ އޭގެ ސަބަބުން އެކުދިންނަށް ހަކަތަ ލިބި ކަށިތައް ވަރުގަދަވެ ދިފާއީ ނިޒާމް ވެސް ވަރުގަދަ ވެގެންދާނެ ކަމަށް އެމީހުން ބުނެއެވެ.

ބީޗް އެޅިގެން ދިޔުމާއެކު އެތަނުގައި ތިބި ކުދިންނަށް މަޖާކޮށް ކުޅިވަރު ކުޅެލާނެ ތަނެއް ލިބި ނަފްސާނީ ގޮތުން ވެސް ރަނގަޅު އަސަރުތަކެއް ފެނިގެން ދިޔަ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.


ގެސްލިނީ ބީޗް--

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހަށް އެ ބީޗް ހުޅުވިފައި ހުންނަ އިރު އެ ބީޗަށް ވަދެވޭނީ ޑޮކްޓަރުން ހުއްދަ ދޭ ކުދިންނަށް އެކަންޏެވެ.

ގެސްލިނީ ބީޗްގައި ކުދިންނަށް ބީޗް ސޮކާ ފަދަ ގޭމްތައް ވެސް ކުޅެވޭ ގޮތަށް ހަދާފައި ހުރެއެވެ.

އެ ހޮސްޕިޓަލުން ބުނާ ގޮތުގައި މިދިޔަ އަހަރު 300 އެއްހާ ކުދިން ބީޗަށް ވަދެފައި ވެއެވެ. ޑޮކްޓަރުން ހުއްދަ ނުދޭ މީހުން ފިޔަވައި އެހެން މީހުންނަށް ވަދެވޭނީ ފީ އަކާއި އެކީގަ އެވެ.
ހިޔާލު