Fannu Expo gai 420 ah vureh gina gina faraathun baiverivejje
image
ލިޔެލާޖަހާފައިވާ އުފެއްދުންތަކެއް
0 ކޮމެންޓް
 

ފަންނު އެކްސްޕޯގައި 420 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފަންނު އެކްސްޕޯގައި 420 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއްޖެ އެވެ.
ދިވެހި އުފެއްދުންތެރިކަމުގެ މައުރަަޒު ނުވަތަ ފަންނު އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 21 އިން 28 އަށެވެ.

ފަންނު އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ދަރުބާރުގޭގައި އާއި، ކަލާފާނު ސުކޫލާއި، ކުޑަކުދިންގެ ބަގީޗާގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފަންނު އެކްސްޕޯގައި ބައިވެރިވެފައިވާ 420 ބައިވެރިންގެ އުފެއްދުންތަކަށް އިންސާފު ކުރުމުގެ މަސައްކަތް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ކަމަށެވެ.

މިއެކްސްޕޯގައި އަތޮޅު ފެންވަރުގައި ވަނަތައް ހޮވުމަށް ވަނީ ކަނޑައަޅާފަ އެވެ. މިކަން ކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅަކުން މައުރަޒުގައި ބައިވެރިކޮށްފައިވާ ތަަކެއްޗާއި ވަނަތަކަށް ބަލައި، ލިބޭ މާކްސްތަކަށް ބެލުމަށް ފަހުގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި އެކްސްޕޯގައި ތަފާތު 78 ކެޓަގަރީއަކުން 600 އަށްވުރެ ގިނަ ވަނަ ހޮވުމަށް ވަނީ ހަމަޖައްސާފަ އެވެ.

ފަންނު އެކްސްޕޯއަކީ ރާއްޖޭގައި އުފެއްދުންތެރި ކަމަށް ވާދަވެރި ބާޒާރުތައް ހޯދައިދިނުމާއި ހާއްސަކޮށް ޒަމާނުއްސުރެ ރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ހީނަރުވަމުންދާ އުފެއްދުންތައް ކުރިއެރުވުމަށް ބާއްވާ މައުރަޒެކެވެ.
ހިޔާލު