2 rashehge gondudhoh himaayai kurumuge mashroou design kurumah bayakaa havaalu koffi
image
މިއަދު ކުރިއަށް ގެންދިޔަ ސޮއެކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ގއ. ގެމަނަފުއްޓާއި ގދ. ރަތަފަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޑިޒައިން އަދި އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑަށެވެ.

އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ. އަދި ޖޭވީ ވޯޓާ ސޮލިއުޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން އިންޖިނިއަރު އަބްދުﷲ ނައުޝާދެވެ.

އެ މަސައްކަތް 18 ހަފުތާ ތެރޭގައި ނިންމަން ޝަރުތުކޮށްފައިވާއިރު އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 507،104 ރުފިޔާ އަށް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހިޔާލު