Alifaan farubadhaeh govai rashehgai thibi enmen maruvehje
image
ނަސްރުﷲ މުހައްމަދު
0 ކޮމެންޓް
 

އަލިފާން ފަރުބަދައެއް ގޮވައި ރަށެއްގައި ތިބި އެންމެން މަރުވެއްޖެ

ނިއުޒިލޭންޑްގެ ރަށެއްގައި ހޯމަ ދުވަހު އަލިފާން ފަރުބަދައެއް ގޮވައި އެ ރަށުގައި ތިބި އެންމެން މަރުވެއްޖެއެވެ.
ނިއުޒިލޭންޑް ކައިރީގައި އޮންނަ އެ ރަށަކީ ފަތުރުވެރިން އާންމުކޮށް ޒިޔާރަތްކުރާ ރަށެކެވެ.

ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އެރޑާން ވިދާޅުވެފައިވާގޮތުން އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ރަށުގައި އެވަގުތުތިބި ފަސް މީހުން މަރުވެފައިވާކަން ކަށަވަރުވާކަމަށެވެ. އޭގެއިތުރުން 8 މީހަކު ގެއްލިފައިވާކަމަށެވެ. ނަމަވެސް އެ ރަށުން ދިރިހުރި މީހަކު ދެން ފެންނާނެކަމުގެ އުންމީދު ނެތްކަމަށް ވެސް ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ.

މަރުވެފައިވަނީ އޮސްޓްރޭލިއާ، ޗައިނާ، މެލޭޝިއާއި އިނގިރޭސި ވިލާތުގެ ރައްޔިތުންނެވެ. ގެއްލިގެން ހޯދާ 8 މީހުންގެ ތެރޭގައި އެމެރިކާ މީހުން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ އަލިފާން ފަރުބަދަ ގޮވި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.


ނިއުޒީލެންޑް
ހިޔާލު