Ibuge Umra Dhathurah Dheenee Ilmuveringe Thaureef
image
1 ކޮމެންޓް
 

އިބޫގެ އުމްރާ ދަތުރަށް ދީނީ އިލްމުވެރިންގެ ތައުރީފު

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ކުރިން މިއަދު އުމުރާއަކަށް ވަޑައިގަންނަވަން ނިންމުމާއި ގުޅިގެން އެމަނިކުފާނަށް ދީނީ އިލްމުވެރިން ތައުރީފުކުރައްވަން ފައްޓަވައިފިއެވެ.
ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ގައުމުގެ ހުންގާނާއި ހަވާލުވުމުގެ ކުރިން އުމްރާއެއްވެ، ﷲގެ މަދަދަށް އެދިވަޑައިގަތުމަކީ އިބޫގެ ކިބައިން ފެނުނު ރަނގަޅު ސިފައެއް ކަމަށެވެ.

އަދި ޝެއިހް އަލީ ޒައިދު ވިދާޅުވީ ބޮޑު މަސްއޫލިއްތާއި ހަވާލުވުމުގެ ކުރިން ގެފުޅަށް ގޮސް، އުމްރާވެ، ﷲ މަދަދާއި ވާތްގަށް އެދުމަކީ އުފާވެރި ފެށުމެއް ކަމަށެވެ.

އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ މި ދަތުރުފުޅުގައި އިބޫ ސައުދީގެ ބައެއް އޮފިޝަލުންނާއި ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ ނުވައެއްވާ ހުކުރު ދުވަހު ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އިބޫ މިއަދު ސައުދީއަށް ވަޑައިގަންނަވާ އިރު އަރިހުގައި ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ އިންތިހާބު ވެވަޑައިގެންނެވި ފަހުން އިބޫ ވަޑައިގަންނަވާ ދެ ވަނަ ގައުމެވެ. އިބޫ ވަނީ މީގެ ކުރިން ސްރީލަންކާއަށް ވެސް ވަޑައިގެންފައެވެ.
ހިޔާލު

Addu. City

ޢިބޫއަށް ބާއްޖަވެރި ދަތުރަކަަށް އެދެން