Mimeehaa Bageechaagai Balaabodukuranee 40 Kinboo
image
ގެންދެރާ އޭނާގެ ކިނބޫތަވާއި އެކު
ޝާދިން މުހައްމަދު
4 ކޮމެންޓް
 

މިމީހާ ބަގީޗާގައި ގެންގުޅެނީ 40 ކިނބޫ

ބުޅަލެއް، ކުއްތާއެއް ނުވަތަ މުސަޅެއް އޮޅު ކޮއްގެން ގެނގުޅުމަކީ ގިނަ ބަޔަކު އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މީހަކު ގޭގައި 40 ކިނބޫ ގެންގުޅެއޭ ބުނުމުން އަޑުއަހާކަށް އެހާ ފަސޭހައެށް ނުވާނެއެވެ.
ްއެފްރިކާގެ ބުރުނޑީގެ ސަހަރެއް ކަމަށްވާ ގަތުންބާއަށް ނިސްބަތްވާ ގެންދެރާ އަލްބާޓަކީ 1994 ގައި އެހެން ސަހަރެއްގައި އުފެދުނު ދާހިލީ ހަނގުރާމަތަކާއި ގުޅިގެން ފިލައިގެން އޭރުން ފެށިގެން ގަތުންބާގައި ދިރިއުޅޭ މީހެކެވެ. މީނާ އަކީ މިހާރު ކިނބޫ " ބްރީޑާ" އެށް ނުވަތަ ކިނބޫ ބަލައި ބޮޑުކުރާ މީހެކެވެ.

ގެންދެރާ ބުނާ ގޮތުގައި އޭނާ މިކަން ކުރަން ފެށި ސަބަބަކީ ، އޭނާ ގަޓުންބާއަށް ފިލަން އުޅުނުއިރު އެތާ މަސްވެރިން ކެއުމައްޓަކައި ކިނބޫ މަރާތީވެ އޭނާ އެ ކިނބޫތަކަށް ހަމްދަރުދީވެގެން އެމީހުން އަތުން ކިނބޫތަކެށް ގަތީ ކަމަށެވެ. ކޮންމެ ކިނބުލެއް ގަތީ ގާތްގަނޑަކަށް 28 ޑޮލަރަށް ކަމަށްވެސް އޭނާ ބުންޏެވެ

އޭނާ ކިޔައިދިން ގޮތުގައި އޭނާ އެމީހުން އަތުން ބާރަ ކިނބޫ ގަތެވެ. ނަމަވެސް އެތަނުން 4 އެއްޗަށް ބަޔަކު ވަނޫ ޒަހަރު ދީފައެވެ. ބާކީ އޮތް 4 ކިނބޫ ގާތްގަނޑަކަށް 11 ފޫޓޫ ދިގުކަމަށް އެނާ ބުންޏެވެ.

ގެންދެރާގެ ކިނބޫތަށް ވިހާ މިހާރު އޭނާގެ ބަގިޗާގައި 40 ކިނބޫ އޮވެއެވެ. އެއެއްޗެއްސައް ދުވާލަކު 10 ކިލޯގެ ޖަނަވާރު މަސް ކާންދޭން ޖެހޭ ވާހަކަވެސް އެނާ ބުންޏެވެ.
ހިޔާލު

ތާރާ

ގެންދެރާ، ތިއަށްވުރެ ރަނގަޅު ވާނެ ފަގީރަކަށް ތި ޚަރަދު ކުރިއްޔާ

40 ކިނބޫ

މިމީހާއަށް ބަގީޗާގައި ބަލާ ބޮޑުކުރަނީ 40 ކިނބޫ

ހަސަނުބެ

ކޮސް މީހެއް

ޑިމޮކްރަސީ

އެންމެފަހުން މަސްނުލިބިގެން ކަލޭ ކާލާނި ހުންނާނީ ކިބޫ ގެންގުޅެވިފަ