Raees ge aamdhanee 1.5 million ruffiya, naibu raees ge milkiyyathugai 1.7 million ruffiya
image
ރައީސް އާއި ނައިބު ރައީސް ރަސްމިއްޔާތެއްގައި: ރައީސް އޮފީސް ފައިލް ފޮޓޯ
6 ކޮމެންޓް
 

ރައީސްގެ އާމްދަނީ 1.5 މިލިއަން ރުފިޔާ، ނައިބު ރައީސް 1.7 މިލިއަން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި ނައިބު ރައީސް ފައިސަލް ނަޝީމުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ބައެއް ވެރިންގެ މާލީ ބަޔާންތައް މިރޭ އާއްމު ކުރައްވާފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލު ވެވަޑައިގެންނެވުމުގެ ހަ މަސްކުރިން މުސާރައާއި އިނާޔަތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިލެއްވި އިރު ނައިބު ރައީސް ފައިސަލް ނަސީމަށް އެ މުއްދަތުގައި ލިބިލެއްވީ 1.7 މިލިއަން ރުފިޔާކަން ދެ ބޭފުޅުންގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ. muni
ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސްކުރިން ރައީސް ޞާލިޙްއަށް މުސާރަ އާއި އިނާޔަތުގެ ގޮތުހައި ޖުމްލަ 1.532،680 ރުފިޔާ ލިބިލެއްވި އިރު މިލްކިއްޔާތުގައި ހުރި މުދަލަކީ ޅ ހިންނަވަރު ނޫރާނީ ކިޔާ ބަންޑާރަ ގޯއްޗެއް އެކަންޏެވެ.

މި މުއްދަތުގައި ނައިބި ރައީސް ފައިސަލް ނަސީމުއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 1،700،000 މިލިއަން ރުފިޔާ ލިބިލައްވާފައި ވެއެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލްގެ މިލްކިއްޔާތުގައި، ޏ ފުވައްމުލަކު މިލޭނިއަމް ކިޔާ ބަންޑާރަ ގޯއްޗެއް އޮތް އިރު އެ ގޯތީގެ އަގަކީ 10.5 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ހުޅުމާލެ ވަން އެވެނިއު އިން 6.2 މިލިއަން ރުފިޔާގެ އަގުހުރި ދެ ފްލެޓައި، ފަސް ލައްކަ ރުފިޔާގެ ދެ ކާރާއި، 270000 ރުފިޔާގެ ހަ މޮޓޯ ސައިކަލުވެސް ނައިބު ރައީސް ފައިސަލްގެ މިލްކިޔާތުގައި ވާކަމަށް މާލީ ބަޔާނުން ދައްކައެވެ.
ހިޔާލު

އަނޫސާ އިބުރާހޭމް

ހަހަހާ

ޙުސެން

އިބޫ އަކީ 25 އަހަރު މަޖްލިސް ގެ މެމްބަރ ކަން ކުރައްވާފައިވާބޭފުޅެކެވެ.އަދި އޭގެ އިތުރުން ކޮންމެވެސް ވިޔަފާރިއެއްވެސް އެއްޒަމާނެއްގައި ހިންގެވި ބޭފުޅެކެވެ. ލިބިވަޑައިގެންނެވިއާމްދަނީއާއި ނުބައްދަލު ޕްރަޕަރޓީއެއް ނެތެވެ. އެހެންބޭފުޅުންގެ ކަންތައް އަޅުގަނޑަށް އަންދާޒާ ވެސް ކުރެވޭނީ އެހެން މަޢްލޫމާތު ލިބިގެންނެވެ. ޔާގުންޑާ ގަނެފައިވާބިމާއި އެކައުންޓްގައިވާފައިސާއަކީ 30އަހަރުން ވެސް ލިބިދާނެ އިންކަމެއް ނޫނެވެ. ވީމާ ވައްކަން ކުރިކަން ވަރަށް ސާފެވެ.

ބުރޯ

ސަޓޯ ލިޔެފައޮތް އެއްޗެއް ރަނގަޅަށް ކީންތަ؟
އެއޮތީ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ހަ މަސްކުރިންނޭ

ހަބީބު

މަރުހަބާ ތިގޮތައް ޔާމިނު ކީއްވެބާ މާލީބަޔާން ހުށަނޭޅީ ރައްޔިތުންގެ މަޖިލީހުގަ 25 އަހަރު ވީއިރު ތިހާ ކުޑައެއްޗެއް ހުރުމުން އިބޫއަކީ ތެދުވެރިޔެއްކަން ސާބިތުވޭ

ސަޓޯ

ޕިސްޕިސްޕިސް ރައްޔިތުންގެ ފައިސާތައް ހަމަ ކަނީ ކަނީ... މިމީހުނަށް މުސާރަ ދީފަ ދައުލަތުގެ ބަޖެޓުގައި އިތުރު ކަމެއް ކުރާނެ ބައިރުފިޔާއެއްވެސް ނޯންނާނު

މާލީ

ރައީސް ޔާމީން އަތުގަ މުދަލާ ފައިސާ ހުރީމަ ކަންތައް ބޮޑުވަނީ.