Sooraj Mihaaru huri Dance Academyeh Hulhuvan Thahyaarah
image
ސޫރަޖް ޕަންޗޯލީ---
0 ކޮމެންޓް
 

ސޫރަޖު މިހާރު ހުރީ ޑާންސް އެކަޑަމީއެއް ހުޅުވަން ތައްޔާރަށް

"ހީރޯ" އިން ބޮލީވުޑަށް ތައާރަފުވި ކުޅަދާނަ އެކްޓަރު ސޫރަޖް ޕަންޗޯލީ، މިހާރު ހުރީ ޑާންސް އެކަޑަމީއެއް ހުޅުވަން ތައްޔާރަށް ކަމަށް އޭނާ ބުނެފިއެވެ.
އެއެކަޑަމީ ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ މުމްބާއީގައި މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އަދި އެއެކަޑަމީއަކީ ހަމައެކަނި ސްޓްރީޓް ޑާންސަރުންނަށް ހާއްސަ އެކަޑަމީއެކެވެ. އަދި އެއީ ޑާންސް ކުރަން މޮޅު ތަންތަނަށް ނުދެވޭ، އެކަހަލަ ތަނަކަށް ދާން ބޭނުންވެފައިތިބި ފަގީރުކުދިންނަށް ހާއްސަކޮށް ހުޅުވާ ތަނެއް ކަމަށް ސޫރަޖު ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސޫރަޖު ވަނީ އިތުރު ސިޓީތަކުގައި އެކަހަލަ އެކަޑަމީތައް ހުޅުވަން ރާވާފައެވެ. ސޫރަޖު ބުނީ އޭނާ އެދަތުރު ފަށާތީ އުފާވާ ކަމަށެވެ. އެގޮތުން ޅަފުރައިގެ ކުދިންނަކީ ޑާންސް ކުރުމުގެ ހުނަރު ހުންނަ ކުދިންތަކެއް ކަމަށާއި ނަމަވެސް އެކުދިންގެ ޑާންސް ރަނގަޅު ކުރުމަށް ކިޔާދޭނެ މީހުން ނުތިބޭ ކަމަށެވެ. އަދި އޭނާގެ މަގުސަދަކީ އެކުދިންނަށް އަޅާލާ ނެށުމާ ބެހޭ ގިނަ އެއްޗެހި ދަސްކޮށްދިނުން ކަމަށް އެނާ ވަނީ ބުނެފައެވެ.

ސޫރަޖު މިހާރު އަންނަނީ ބޫޝަން ކުމާރު ޕްރޮޑިއުސްކޮށް ނެރޭ ފިލްމު "ޓައިމް ޓު ޑާންސް" ގައި މަސައްކަތްކުރަމުންނެވެ. އެފިލްމުން ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާ ބޮލީވުޑަށް ތައާރަފުވާނެއެވެ.
ސޫރަޖް ޕަންޗޯލީ
ހިޔާލު