Dhiraaguge 905 million Rufiya ge saafu faidhaa ehkoh bahanee
image
ދިރާގު: މިދިޔަ އަހަރު ލިބުނު 905 މިލިއަނުގެ ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަން ބޯޑުން ވަނީ ނިންމާފައި.-- ފައިލް ފޮޓޯ
2 ކޮމެންޓް
 

ދިރާގުން 905 މިލިއަން ރުފިޔާގެ ސާފު ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަނީ

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގަށް މިދިޔަ އަހަރު ލިބުނު 905 މިލިއަން ރުފިޔާގެ ސާފު ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ. muni
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ގޮތަށް މިދިޔަ އަހަރު ލިބުނު ފާސު ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަން، އަހަރީ އާންމު ޖަލްސާ އިން ފާސްވެއްޖެ ނަމަ ކޮންމެ ހިއްސާ އަކަށް 11.91ރ. ލިބޭނެ އެވެ.

މިދިޔަ އަހަރު ދިރާގަށް ލިބުނު ސާފު ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބަހަން ނިންމި އިރު އެއީ އޭގެ ކުރީ އަހަރު ހިއްސާދާރުންނަށް ބެހި 897.6 މިލިއަން ރުފިޔާ އަށް ވުރެ 7.5 މިިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ އިތުރުވުމާ އެކު ބޯޑުން ހުށަހަޅާ ގޮތަށް ފާސްވެއްޖެ ނަމަ ހިއްސާ އަކަށް ޖެހޭ މިންވަރު މިދިޔަ އަހަރު ބެހި އިރު ހިއްސާ އަކަށް ޖެހުނު 11.81ރ. އަށް ވުރެ 10 ލާރި މިފަހަރު އިތުރެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުންޏަށް ފާއިތުވި ހަތް އަހަރު ވެސް ވަނީ ބޮޑު ފައިދާއެއް ވެފަ އެވެ. އަދި ދިރާގަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާ ދާރުންނަށް ފައިދާ ބަހާމުން އަންނަ ކުންފުންޏެކެވެ.
ދިރާގު ވިޔަފާރި
ހިޔާލު

ލޫދައިކާ

ކޮންކަމަކާ ލައިގެންތަ މިދިޔަމަހު ވެސް ދެހާހަށް ވުރެ ގިނަ ރުފިޔާގެ ބިލެއް ދައްކަންޖެހުނީ. ލޫދައި ކާ ބާޒެއް ތިޔާ.

Zahid Mohamed

ޓީމީހުންފެލާ ތަނެއް.