Hiyaalu Faalhukurun Huhttuvumah Dhivehi Fuluhun Mashkathkuri: America
image
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރު އޮފް ޕޮލިސްކަން ކުރެއްވި ބޭފުޅުން:---
4 ކޮމެންޓް
 

މިނިވަންކަމާއެކު ހިޔާލުފާޅުކުން ހުއްޓުވުމަށް ދިވެހި ފުލުހުން މަސައްކަތްކުރި: އެމެރިކާ

ދިވެހިރާއްޖޭގައި މިިނިވަންކަމާއެކު ހިޔާލުފާޅުކުރުން ހުއްޓުވުމަށް ދިވެހި ފުލުހުން މަސައްކަތް ކޮށްފައިވާކަމަށް އެމެރިކާއިން ނެރުނު 2018 ވަނަ އަހަރުގެ ދުވެހިރާއްޖޭގެ ހިއުމަން ރައިޓްސް ރިޕޯޓުގައި ފާހަގަ ކޮށްފިއެވެ.
އެމެރިކާއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަަހަރު އިދިކޮޅު ސިޔާސީ ލީޑަރުންނަށް ލިބެމުންދިޔަ އަނިޔާއާއި ދެކޮޅަށް އެއްވެ އަޑުއުފުލާ ދިވެހިންނަށް ހުރަސް އެޅުމުގެ ގޮތުން އެމީހުން ހައްޔަރުކޮށް ސުވާލުކޮށް ހަދާފައިވާކަމަށެވެ.

މީގެއިތުރުން ފުލުހުން ދާއިމީކޮށް އިދިކޮޅުން ހިންގާ ހަރަކާތްތައް މޮނިޓަރ ކޮށްފައިވާކަމަށާއި، މިދިޔައަހަރުގެ ޖުލައި މަހާއި ހަމައަށް އެކަނިވެސް މުޒާހަރާކޮށްގެން 72 މީހަކަށް ދައުވާކުރަން ފުލުހުން ފޮނުވާފައިވާކަަމަށް އެމެރިކާގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެއްވެ އުޅުމަށް އިދިކޮޅު ޕާޓީތަކަށް ދަތިތަކަކާ ކުރިމަތިވިކަަަމަށްވެސް އެމެރިކާއިން ބުނެއެވެ.

މީގެ އިތުރުން ދިވެހި ފުލުހުން ނޫސްވެރިންނަށް ތަފާތުގޮންޖުންތައް ދިމާކުރުވިކަމަށާއި، ނޫސްވެރިންނަށް ޖިސްމާނީ އަނިޔާކޮށް އެކުއިޕްމަންޓަށް ވެެސް ގެއްލުން ދީފައިވާކަމަށް އެމެރިކާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިނުވުމަށް ސިވިލްސާވިސް މުވައްޒަފުންނަށް އަންގާފައިވާކަމަށާއި، އެފަދަ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ވަޒީފާއިން ވަކިކޮށް ޓްރާންސްފާކޮށް ހަދާފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. .

އެމެރިކާއިން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު، އައު ސަރުކާރުން ވެރިކަމާއި ހަވާލުވެ ފުލުހުންގެ ހިންގުން ހަރުދަނާކުރުމަށް ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދޫ (އެމްސީ) ގެންދަވަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް މުހިންމު ބަދަލުތަކެއް ގެންނަވަމުންނެވެ. މިގޮތުން ފުލުހުންގެ މުއައްސަސައާމެދު އާންމުންގެ ހިޔާލު ހުށަހެޅުމަށް މިހާރު ވަނީ އޮންލައިން ޕޯޓަލެއް ވެސް ހުޅުވާލާފައެވެ. އަދި ދާދިފަހުން ވަނީ ޕޮލިސް ރިފޯމް ސެމިނާއެއް ވެސް ބާއްވަފައެވެ. މި ސެމިނާގައި އާންމުންގެ އިތުރުން ޑިމޮކްރަސީއަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ. މިހެންކަމުން އަންނަ އަހަރު ނެރޭ ހިއުމަންރައިޓްސް ރިޕޯޓުގައި ފުލުހުން ރިފޯމް ކުރުމަށް ކުރާ މަސައްކަތަކަށް އެމެރިކާއިން ތައުރީފު ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ހިޔާލު

ބާގީން

އެމެރިކާއިން މުސްލުންނަކަށް ތައުރީފެއްނުކުރާނެ، ތައުރީފް ކޮށްފިއްޔާ އެއީ ކަންބޮދުވާނެ ކަމެއް

ފައިނަ

ލީބިޔާ،އިރާގު، އަފްގާނިސްތާން،.... ސުންނާފަތި ކުރި އެމެރިކާ މީހުން ކުރާ ކަންތައް މާ ނުބައި

ސަލީމް

ކުރާނެއެއް ނުން ލާދީނީ މީހުންގެ ބައިގަޑު ވިއްޔާ މިވެރިކަން ކޮންޓްރޯލް ކުރަނީ

ޔަހްޔާ

މިހާރު މިކޮޅަ.......ކުރީއެކޮޅަ......ޕިސްޕިސް..