Fuluhun ge security dhinumaai gulhe gothun SBI aai eku MOU eh gai soi koffi
image
ފުލުހުންގެ ސެކިއުރިޓީ ދިނުމަށް އެސްބީއައި އާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
ސީއެންއެމް
0 ކޮމެންޓް
 

ފުލުހުންގެ ސެކިއުރިޓީ ދިނުމަށް އެސްބީއައި އާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ ދިނުމާއި ސްޓޭޓް ބެންކް އޮފް އިންޑިއާގެ އިމާރާތާއި އަދި އޭޓީއެމްގެ ސެކިއުރީޓީ ކަންކަން ބެލެހެއްޓުމާއި ދެފަރާތުގެ ރިސޯސް ޝެއަރ ކުރުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސްޓޭޓް ބެންކް އޮފް އިންޑިއާ އާއިއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި އިސްކަންދަރުކޮށި ކޮންފަރެންސް ރޫމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފެވެ.

އެމްއޯޔޫގައި ސްޓޭޓް ބެންކް އޮފް އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ އެންޑް ސީއީއޯ އަމްރޭޝް މޯހަންއެވެ.

ދެފަރާތުގެ މެދުގައި މިވެވުނު އެއްބަސްވުމުގެ ދަށުން، އޭޓީއެމް ތަކަށް ފައިސާ ގެންދިއުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި އެއްތަނުން އަނެއްތަންނަށް ފައިސާ ގެންދިއުމުގައި ބަލަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން ފުލުހުންގެ ފަރާތުން ސެކިއުރިޓީ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުވައްޒަފުން ތަމްރީނު ކުރުމާއި ރިސޯސް ޝެއަރ ކުރުމުގައި އެއްބާރުލުން ލިބިގެންދާނެކަމަށް ފުލުހުން ބުނެއެވެ،
ހިޔާލު