PG Bisham eve, Raiyyithunge ithubaaru ge vaahaka dhakkavan maa reechcheh nooneve!
image
ޕީޖީ އާއިޝަތު ބިޝާމް--
3 ކޮމެންޓް
 

ޕީޖީ ބިޝާމް އެވެ؛ ރައްޔިތުންގެ އިތުބާރުގެ ވާހަކަ ދައްކަވާކަށް ރީއްޗެއް ނޫނެވެ!

ޖިނާއީ އަދުލަށް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށާއި ބޭނުން ވަނީ ދެފުށް ފެންނަ އުސޫލެއް ކަމަށް ޕްރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އާއިޝަތު ބިޝާމް ވިދާޅުވުމުން ހިތުގައި ސުވާލު އުފެދެ އެވެ.
ފުރަތަމަ ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި ބިޝާމް، އެ ވެރިކަން ދިއުފާއު ކުރަން ކުރި މަސައްކަތާއި، ސަރުކާރުގެ ނުފޫޒުން ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ މައްޗަށް ދައުވާ ކުރިއިރު، "ތަނެއް ދޮރެއް" ބެލުމެއް ނެތި ދައުވާކޮށް ސިޔާސީ ގިނަ ފަރާތްތަކާއި، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމްގެ ކޯޓުގެ އެހެން ފަނޑިޔާރަކާއި، ކުރިން ޕީޖީގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިނާއި، މުހުސިނާއެކު ހައްޔަރުކުރި ގާޒީ އަހުމަދު ނިހާނު ފަދަ ބޭފުޅުން ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމް ކުރި މައްސަލަތަކުގެ މޭސްތިރިއަކީ ޕީޖީ ބިޝާމެވެ.

އަސްލެތް ނެތް ދައުވާތަކެއް އެ ބޭފުޅުންގެ މައްޗަށް ޕީޖީގެ މަގާމުގައި ހުންނަވައި ބިޝާމު ކުރެއްވި ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އެތައް ބައެއްގެ ހައްގުތަކަށް އަރައިގެންނެވި ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. ސަބަބަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު އެދައުވާތަކާ ގުޅިގެން ޕީޖީ އޮފީހުން ކުރިން ދައްކަމުންދިޔަ ވާހަކަތައް ބަދަލުވުމެވެ. އަދި ފަނޑިޔާރުންގެ ނިންމުންތައް ވެސް ބަދަލުވެ، ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކާއި، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި، ކުރީގެ ޕީޖީ މުހުސިނާއި، ގާޒީ ނިހާނު މިނިވަން ވެއްޖެ އެވެ.

ކުރީގެ ރައީސުންގެ މައްޗަށާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށާއި ރިޔާސީ ލޯންކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުވާ ކުރި މީހުންނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތަރު މައްސަލައެއްގައި ކުރި 33 އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލްކޮށް، އެ ހުރިހާ އެންމެން މިއަދު އެތިބީ މިނިވަން ވެފަ އެވެ. އެއްވެސް ކުށެއް ނެތެވެ. އެކަމަކު އެމީހުންގެ މައްޗަށް ޕީޖީ އޮފީހުން ކުރީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. އެމީހުން އުމުރު ދުވަހު ޖަލުގައި ހުންނަން ޖެހޭ ވަރުގެ ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ޕީޖީގެ މަގާމުގައި ބިޝާމު ހުންނަވައިގެން ވަނީ ކުރައްވާފަ އެވެ. ނަމަވެސް ހަމަ ސަރުކާރު ބަދަލުވުމާއެކު ބިޝާމުގެ ނިންމުންތައް ވެސް ބަދަލުވެ، ކޯޓުގެ ނިންމުންތައް ވެސް ބަދަލުވީ އެވެ.

ދައުލަތުގެ ވަކީލުންނާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާގައި ހިމެނޭ މުއައްސަސާތަކަށް ފެށި ތިން ދުވަހުގެ ސެމިނާގައި ވާހަކަދައްކަވަމުން ބިޝާމް ވިދާޅުވެފައިވަނީ އިންސާފު ގާއިމްވާ މަންޒަރު ރައްޔިތުންނަށް ފެންނަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބޭނީ މުއައްސަސާތަކުން ދެފުށް ފެންނަ އުސޫލަކުން ހަމަހަމަކޮށް މަސައްކަތް ކުރުމުން ކަމަށް ވިދާޅުވެފައިވެ އެވެ.

ޕީޖީ ބިޝާމް އެވެ. ކަމާނާގެ އޮފީސް އެކަންޏެއް ނޫނެވެ. ދައުލަތުގެ އެއްވެސް މިނިވަން މުއައްސަސާއެއް މިނިވަންކަމާއި ދެފުށް ފެންނަ ގޮތަކަށް ނުހިނގަ އެވެ. މިނިވަން މުއައްސަސާތަކާއި ހާއްސަކޮށް، ޖިނާއި އަދުލްގެ ނިޒާމާއި އަދުލްއިންސާފު ގާއިމު ކުރުމުގެ ދާއިރާ ހިނގަނީ އެއިރެއްގައި އެންމެ ބާރުގަދަ ސިޔާސީ ފަރާތްތަކުގެ ނުފޫޒުންނެވެ. އޭގެ އެންމެ ރީތި އެއް މިސާލަކީ ވެސް ކަމަނާ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށްފަހު، މުޅި ދައުލަތް ވަނީ ގަޑުބަޑު ކޮށްފަ އެވެ. ނުހައްގުން ސީދާ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް އަނިޔާކޮށްފި އެވެ. ނުހައްގުން އެތައް ބަޔަކު ޖަލަށްލައިފި އެވެ. ނުހައްގުން އެތައް ހުކުމެއް ކޮށްފި އެވެ. އެއިރެއްގައި ހުންނަވާ ވެރިއެއްގެ ސިޔާސީ އަމުރުތަކަށް ނުވަތަ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެގެން ފުލުހުން ވަނީ ރައްޔިތުންނަށް އެތައް އަނިޔާއެއް ދީފަ އެވެ. ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ހޯދުމަކީ ވަރަށް އުނދަގޫ ކަމަށް އެވަނީ ވެފަ އެވެ. މިސަރުކާރުން އެވަނީ އެ މުއައްސަސާގެ އިސްވެރިން ބަދަލު ކޮށްފަ އެވެ. އެބަދަލާއެކު، ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައިވާ އެ މުއައްސަސާ މިއަދު އިސްލާހުވާތަން ކޮންމެ ވެސް ވަރަކަށް އެބަފެނެ އެވެ.

ރައްޔިތުން އެންމެ ދެކެން ބޭނުން ވަނީ އަދުލްއިންސާފު ގާއިމުވާތަނެވެ. ނަމަވެސް ހިތާމައަކީ، ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް ދައުވާކޮށްދިން ފަރާތް އަދިވެސް މަގާމުގައި ހުންނަވާތީ އެވެ. ޖިނާއީ އަދުލްގެ މައި ތަނބު ޕްރޮސެކިއުޓަ ޖެނަރަލް ބިޝާމް އެމަގާމުގައި ހުންނެވުމަކީ ޖިނާއީ އަދުލްގެ ނިޒާމަށް އޮތް ހުރަހެކެވެ. ސަބަބަކީ މަގާމުގެ ޒިންމާ އަދާ ކުރުމުގައި ކުރިން އިހުމާލުވި ފަރާތަކަށް ވީތީ އެވެ. ދިވެހި އެތައް ރައްޔިތުންނަށް ދައުލަތުގެ އެކި މުއައްސަސާތަކުން އަނިޔާ ކުރަމުންދިޔައިރު، ކުޅި ބަލަންހުރެ، އަދި އެ އަނިޔާ ކުރި ފަރާތްތަކާއެކު ބައިވެރިވެ، މުޅި ދައުލަތް ގަޑުބަޑު ކުރުމުގެ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ބިޝާމް ވެސް ހިމެނޭތީ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި، ޖަލުގައި ތިބި ބަޔަކު، ކަމާބެހޭ އިދާރާތަކުގެ އިހުމާލުން މަރުވެއްޖެ އެވެ. ނޫސްވެރިއެއް ބަޔަކު މީހުންވެގެން ވަގަށް ނެގިއިރު، އެމީހުންތައް މިނިވަންކަމާއެކު އެބައުޅެ އެވެ. ލިޔުންތެރިޔާ ޔާމީން ރަޝީދު އަނިޔާވެރި ލާއިންސާނީ އަނިޔާތަކާއެކު މަރާލިއިރު، ޕީޖީއަށް ވެސް މުޅި ދައުލަތަށް ވެސް ކުރެވުނު ކަމެއް ނެތް އިރުގައި، އިންސާފު ހޯދަދޭން ވެސް އެއްވެސް ކަމެއް ކުރާތަނެއް ނުފެނެ އެވެ.

އެހެންވީމަ، "ވިދާޅުވީމަ، ވިދާޅުވި ގޮތަކަށް، ދައުވާ" ކުރަމުން ގެންދެވި މީހަކު މަގާމުގައި ބަހައްޓަވާތީ ވެސް ރައްޔިތުން ސުވާލު އުފައްދަ އެވެ. އެފަދަ މަގާމެއްގައި ހުރި މީހަކު، މިހާރު ނުވަތަ ފަހުން މަގާމުގެ ޒިންމާ ނަންގަވާނެ ކަމަށް ގަބޫލު ކުރުމަކީ ދައުލަތަށް ވެވޭ ހިޔާނާތެކެވެ. ދައުލަތުގެ ޒިންމާދާރު މަގާމެއްގައި ހުންނަވާ، ކުރިން ޒިންމާ ނެންގެވުމުގައި އިހުމާލުވެ، ފަހުން މަގާމުގެ ޒިންމާ ރަނގަޅަށް ނަންގަވާނެ ކަމަށް ދެކި، އޭނާ މަގާމުގައި ބެހެއްޓުމަކީ މޮޔަ ކަމެކެވެ. މުޅި ދައުލަތް ވެސް ލަދުގަންނަން ޖެހޭ ކަމެކެވެ.

އަދުލްއިންސާފުގެ ދާއިރާ އިސްލާހު ކުރަން ނިކުތް ބަޔެއް ނަމަ، ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެ، ރައްޔިތުންނަށް އަނިޔާކުރި މީހުން، މަގާމުގައި ތިބި ނަމަ ވަކިކުރަން ޖެހެ އެވެ. އިންސާފުގެ ކުރި މައްޗަށް ހާޒިރު ކުރަން ޖެހެ އެވެ. އޭގެ ކުރިން ޖިނާއީ އަދުލްގެ ނިޒާމު އިސްލާހު ކުރަން ޖެހެ އެވެ. ގާނޫނީ ޒިންމާ ނަންގަވާނެ، ޒިންމާދާރު ޕްރޮސެކިއުޓަ ޖެނަރަލެއް އައްޔަން ކުރަން ޖެހެއެވެ. ފަނޑިޔާރުގެ އިސްލާހު ކުރަން ގާނޫނީ ނިޒާމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހެ އެވެ. ނީލަމުގެ އުސޫލުން ނުވަތަ މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރަށް ނުވަތަ އެހެން ކަމެއްގެ ބިރަކަށް ނަމަވެސް ހުކުމްތައް ޖެހި ފަނޑިޔާރުން މަގާމުން ވަކިކުރަން ޖެހެ އެވެ.
ހިޔާލު

އަހުމަދުއާބާދު

މިގޮތަށް ބޯވަ ހެދިގެން އުޅޭ ކުރީ ސަރުކާރުގަ ޖަރީމާ ހިންގާފަތިބި މީހުންނަށް ކުއްލި އަކަށް ޑިމޮކްރަސީޔާ ހައްގުތަށް މަތިން ހަނދާންވާނެ މަގާމު ގެއްލޭ ހެންހީވީމަ. ޖޭއެސްއީގަ ތިބެގެން ޖަރީމާ ހިންގި މީހުންގެ ހާލުވެސް ހުރީ މިހެން، ހުރިހާ ތަނެއް ސާފުކުރަންޖެހޭ. ނޫނީ ހަމަ ޔާމީ ނެކޭ އިބޫ އެކޭ ތަފާތެއް ނުވާނެ. ބާސާ ކެނިޑިޔަކަސް އަދި ނުވާނެ.

އަޒޫރު

ވަރަށް ފުރިހަމަ. ބިޟާމް އަށް އަދުލުއިންސާފޭ ކިއައިގެން ދެއްކޭނެ ވާހަކައެއް ނެތް. ބިޟާމް އަށް ފިޔަވަޅު އަޅަންޖެހޭ.

ބިސް

ހަމަ ހަޔާތް ކުޑައީ