Interest kuda dharivarunge loan ah badhalu vumuge furusathu hulhuvaalaifi
image
އެމްއެންޔޫ އިން ދަސްވެނިވި ދަރިވަރުންތަކެއް--- ފޮޓޯ: ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އިންޓްރެސްޓް ކުޑަ ދަރިވަރުންގެ ލޯނަށް ބަދަލުވުމަށް ހުޅުވާލައިފި

މިހާރު ނަގާފައިވާ ދަރިވަރުންގެ ލޯނުތަކުގެ އިންޓްރެސްޓް ކުޑަ ކުރުމަށާއި ލޯނު ދެއްކުމުގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.
އިއްޔެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނީ މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރުމަށް 01 ޖަނަވަރީ 2019 ގެ ކުރިން ނަގާފައިވާ ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ޗާޖް ފަހެއް އިންސައްތަ އިން ތިނެއް އިންސައްތަ އަށް ކުޑަކޮށްފި ކަމަށެވެ.

އެގޮތުން ދިގު މުއްދަތެއްގެ ތެރޭގައި ފައިސާ އަނބުރާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅުންހުރި އިދާރީ މަސައްކަތްތައް ނިމިފައި ވާތީ އިއްޔެ އިން ފެށިގެން އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު އެހިދުމަތަށް އެދެން ބޭނުން ފަރާތްތަކުން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އައިޑީ ކާޑު ކޮޕީއާއެކު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން އެމައުލޫމާތު ކަށަވަރުކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސްއާއި ހިއްސާކުރާނެ ކަމަށާއި، އެކަމާއި ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދަވާނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
ހިޔާލު