Eki sarahahdhu thakugai surfing spot thakeh tharaggy kurany
image
މި އަހަރު ބޭއްވި ''ދަ ޓްރަޔަލް'' ސާފިން މުބާރާތުގެ ތެރެއިން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެކި ސަރަހައްދުތަކުގައި ސާފިން ސްޕޮޓްތަކެއް ތަރައްގީކުރަނީ

ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ ރާޅާއެޅުމުގައި ގިނަ ގޮންޖެހުންތައް ރާޅާ އެޅުންތެރިންނަށް ކުރިމަތަވެފައިވާއިރު މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސާފް ކުރާނެ ސްޕޮޓްތަކެއް ތަރައްގީކުރަން ސްޕޯޓްސް މިނިސްޓްރީން ނިންމައިފި އެވެ.
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާޅާ އެޅުމަކީ ރާއްޖެއަށް ގިނަ ކާމިޔާބީތައް ގެނެސްދިން އަދި ކުރިމަގުގައި ރާއްޖެއަށް ފަހުރުވެރި ކާމިޔާބީތައް ގެނެސްދޭނެ ކުޅިވަރެއް ކަމަށެވެ.

މިގޮތުން ސާފިން ސްޕޮޓްތައް ތަރައްޤީކުރަން ހަމަޖެހިފައިވަނީ ނ. ޅޮހި، މ. މުލި، ލ. މާބައިދޫ، ގދ. ވާދޫ، ގދ.ގައްދޫ އަދި ފުވައްމުލަކު ސިޓީގައެވެ.

މި ރަށްތަކުގައި ހުރި ސާފިން ސްޕޮޓްތައް މިހާރު ވެސް ބޭނުންކުރަމުންދާއިރު އަލަށް ގެންނަ ތަރައްޤީ އާއެކު ރާޅާ އެޅުންތެރިން ތިބެން ހަޓާއި ސާފް ބޯޑުތައް ބަހައްޓަން ރެކް ތަކެއް ޤާއިމްކުރެވިގެން ދާނެއެވެ.

ސާފިން އެސޯސިއޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ސާފިން ސްޕޮޓްތައް ތަރައްޤީ ކުރުމަކީ މުސްތަގުބަލުގައި ރާއްޖޭގައި ގިނަ ސާފަރުން އުފެދުމަށް މަގުފަހިވާނެ ކަމަށެވެ.
ރާޅާ އެޅުން
ހިޔާލު