Sikundi akee shaugun furigenvaa gunavaneh!
image
ސިކުނޑި--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސިކުނޑި އަކީ ޝައުގުން ފުރިގެންވާ ގުނަވަނެއް!

ސިކުނޑި އަކީ އިންސާނާގެ ވިސްނުމާއި އިހުސާސްތަކާއި ހިޔާލާއި ގުޅިފައިވާ ގުނަވަނެވެ. އަހަރުމެންނަށް ނޭނގޭ އަދި ވިސްނުމާއި ހިޔާލާށް ވެސް ތަސައްވަރު ނުކުރެވޭ އެތަށް ހަރަކާތެއް ސިކުނޑީގައި ހިނގަ އެވެ. ސިކުނޑިއާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ސައިންޓިސްޓުންނަށް ވެސް އަދި ހޯދިފައެއް ނުވެ އެވެ.
ސިކުނޑި އަކީ އޭގެ ޒާތުގައި އެއްވެސް ކަހަލަ ތަދެއް އިހުސާސް ނުވާ ގުނަވަނެކެވެ. ސިކުނޑި ވަށާ ލޭ ދައުރު ކުރާ ނާރުތަކާއި ''ޕެއިން ރިސެޕްޓާސް'' ހުއްޓަސް ސިކުނޑިއަކީ އެއްވެސް ހާލެއްގައި ތަދު އިހުސާސް ނުކުރެވޭ ގުނަވަނެކެވެ. ބޮލުގެ ރިހުން ފަދަ ރިހުމަކީ ސިކުނޑިއަށް ވާ ތަދެއްގެ ސަބަބުން އިހުސާސް ކުރެވޭ ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު އެއީ ކޮންމެވެސް އެހެން ކަމަކާ ގުޅިގެން އަންނަ ރިހުމެކެވެ.

ހިތުން އެންމެ ގިނައިން ލޭ ފޯރުކޮށްދޭ ގުނަވަނަކީ ސިކުނޑި އެވެ. ހަށިގަނޑުގެ ބަރުދަނުން އެންމެ ތިން ޕަސެންޓަކީ ސިކުނޑި ނަމަވެސް ހަށިގަނޑުގެ 30 ޕަސެންޓް ލޭ ބޭނުންކުރާ ގުނަވަނަކީ ސިކުނޑި އެވެ.

ސިކުނޑިން އުފައްދާ ހަކަތައަކީ ވަރުގަދަ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސިކުނޑިން އުފައްދާ ހަކަތަ ބޭނުންކޮށްގެން ކުޑަ ބޮތްކެއް ދިއްލިދާނެ އެވެ. މިއީ ސިކުނޑީގެ އެތައް ސަތޭކަ ސެލް އިން އުފައްދާ ހަކަތަ އެވެ.

ކޮންމެ މީހެއްގެ އިނގިލީގެ ނިޝާން ތަފާތު ވާގޮތަށް ސިކުނޑީގެ ހަރަކާތްތަކަކީވެސް ތަފާތު އެއްޗެކެވެ. ސައިންސް ވެރިން ކުރި ދިރާސާއެއްގައި ދައްކާ ގޮތުން ކޮންމެ މީހެއްގެ ވިސްނުން ތޫނުކަމާއި ސިކުނޑީގެ ހަރަކާތްތައް ތަފާތެވެ.

ކާބަފައިންނަށް ވުރެ އަހަރުމެންގެ ސިކުނޑި ކުޑަވާނެ އެވެ. މީގެ 10000 އަހަރަށް ބަލާއިރުގައި ދުވަހުން ދުވަހަށް އިންސާނުންގެ ހަށިގަނޑު ދަނީ ކުޑަވަމުންނެވެ. މީގެ ސަބަބުން ''ނާވަސް ސިސްޓަމް'' ވެސް ކުޑަވެ ސިކުނޑި ވެސް ކުޑަވެގެންދެ އެވެ.

މީހަކު ދެކެ ލޯބިވާނަމަ ސިކުނޑީގެ ސްކޭންތަކުން ވެސް ދައްކާނެ އެވެ. މީހަކު ދެކެ ލޯބިވާނަމަ ''ޑޮޕަމައިން'' (އުފަލާއި ހިތްހަމަޖެހުން އިހުސާސްކޮށްދޭ ނިއުރޯޓްރާންސްމިޓާ އެއް) ސިކުނޑީގައި ގިނަވެ އެވެ. އެމްއާރުއައި ސްކޭންތަކުން މި ނިއުރޯޓްރާންސްމިޓާ ގެ ހަރަކާތްތައް ފެންނަން ހުންނާނެ އެވެ.
ސިއްހަތު
ހިޔާލު