Masveriyaa Card hoadhan 200 ah vure gina masverin edhijje
image
މަސްވެރިޔާ ކާޑު--
1 ކޮމެންޓް
 

މަސްވެރިޔާ ކާޑު ހޯދަން 200 އަށް ވުރެ ގިނަ މަސްވެރިން އެދިއްޖެ

މަސްވެރިޔާ ކާޑު ހޯދުމަށް މިހާތަނަށް 200 އަށް ވުރެ ގިނަ ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވެލޮޓް، ތައާރަފުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ.

ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ތައާރަފުކުރި މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވެލޮޓާއެކު ފަސޭހަކަމާއެކު މުއާމަލާތްތައް ހިންގެ އެވެ. އެގޮތުން މަސްވެރިޔާ ކާޑަކީ މަސްވެރިކަމުގައި އުޅޭ އެންމެންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ހަރަދުތައް ކުރުމަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކާޑެކެވެ.

ފިޝަރީޒް މިނިސްޓްރީގެ ސީނިއާ ފުޑް ޓެކްނޮލޮޖިސްޓް، ހަސަން އަފްޒަލް ވިދާޅުވި ގޮތުގައި އެ ކާޑު މިހާތަނަށް އެންމެ ބޮޑަށް ޕްރޮމޯޓް ކުރެވިފައި ވަނީ ދެކުނުގެ ރަށްތަކުގަ އެވެ. އެކަމަކު ކަންނެލީގެ މަސްވެރިކަން ކުރާ މާލެ އަތޮޅުގެ ކައިރި ރަށްރަށުގެ މަސްވެރިންނަށް ވެސް ކާޑު ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަފްޒަލް ވަނީ ގިނަ މަސްވެރިންނަކީ ބޭންކިން ނިޒާމުގައި ހިމެނޭ ބައެއް ނޫން ކަމުން ބައެއް ކަހަލަ ސްކީމުތަކާއި ލޯނުތަކުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިންނަށް ގެއްލޭ ކަމަށާއި އެހެންކަމުން އެފަދަ ކާޑެއް ބޭނުން ކުރަން ފެށުމާއެކު ލޯނުތައް ފަސޭހައިން ލިބުމާއި ޕެންޝަން ސްކީމުގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ވެސް މަސް ދޯނި ފަހަރަށް ފައިސާ ދެއްކޭއިރު މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމަށާއި މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ވެސް މަސްވެރިޔާ ކާޑަށް ފޮނުވާލެ އެވެ. އޭގެ އިތުރުން ވިޔާފާރި ކުރުމަށާއި ރާއްޖޭން ބޭރުގައި ވެސް އެކާޑު ބޭނުން ކުރެވޭނެ އެވެ.
ހިޔާލު

ބުޅާ

ތިއުޅެނީ ބޭންކަށް ފައިދާ ހޯދަން