Gina audit report thakeh Majileehun faaskoffi
image
މަޖިލިސް--
މިއުނާ ހަސަން
0 ކޮމެންޓް
 

ގިނަ އޮޑިޓް ރިޕޯޓުތަކެއް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރި އޮޑިޓް ރިޕޯޓުތަކެއް މިއަދު ފާސްކޮށްފި އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ފާސްކުރީ 71 މެމްބަރުންގެ އިއްތިފާގުންނެވެ.

އަރިއަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕައިލޮޓް ޕްރޮޖެކްޓްގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާށްކުރީ 72 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ޕްރޮކިއުމަންޓް އޮފް ބާޖް ވޭސްޓް ޓްރާންސްފާގެ މަސައްކަތުގެ ޕްރޮގްރެސް ސައްހަ ނޫން ގޮތަކަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ނުކުރުމާއި ގުޅިގެން ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ ފަންޑު އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވެއެވެ.

ބިލްޑިންގ އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ނެޝަނަލް އިމްޕްލިމެންޓިން އެޖެންސީ ޓު އިމްޕްލިމެންޓް ނެޝަނަލް ޓްރޭޑް އެޖެންޑާ އިންކްލޫޑިން ދި އެންހޭންސްޑް އިންޓެގްރޭޓެޑް ފްރޭމްވަކްގެ 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ނިންމެވުން މަޖިލީހުގެ 72 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ސްޓްރެންތެނިން އިންސްޓިޓިއުޝަނަލް ކެޕޭސިޓީ އޮފް ކީ ނެޝަނަލް ޓެރޭޑް ފެސިލެޓޭޝަން އެޖެންސީސް ޓު ޑީޕެން މޯލްޑިވިސް ކެޕޭސިޓީ ޓު ކޮމްޕެޓެޓިވްލީ އެންގޭޖް އިން އިންޓަނޭޝަނަލް ޓްރޭޑް އިން ގުޑްސް އެންޑް ސަވިސަސް ޕްރޮޖެކްޓް 2014، 2015، 2016 އަދި 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެއެޅުމުން އެ ރިޕޯޓު ވެސް 72 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ހިޔާލު