Breaking: Gehllunu anhen meehaa maruvefai ohvvaa fenijje
image
ގެއްލުނު އަންހެން މީހާ --
1 ކޮމެންޓް
 

ގެއްލުނު އަންހެން މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އަލިފާނުގެ ހާދިސާގައި ގެއްލުނު އަންހެން މީހާ މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. ހާދިސާގައި މަރުވެފައިވަނީ ތ. ބުރުނީއަށް އުފަން އައިޝަތު ޝައުނާ އެވެ.
ޝައުނާ އަކީ ހ. ރަދުވާނިޔާ ކިޔާ ގެއެއްގައި ހުރި އަންހެނެކެވެ. ޝައުނާގެ އާއިލާއިން ބުނީ އާއިލާއިން ބުނީ އޭނާގެ ހަބަރެއް އެންމެފަހުން ވީ އަލިފާން ހިފައިގެން އުޅޭކަމަށް ބުނެ އޭނާގެ ބޭބެއަށް ގުޅިވަގުތުކަމަށެވެ.

އެމީހާ ހޯދުމަށް އާއިލާއިން ވަނީ އޭޑީކޭ ހޮސްޕިޓަލް އަދި އިސްކަންދަރު ސްކޫލުގައި ހުރި ވަގުތީ ހިޔާވެސް ބެލިއެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާނުގެ 90 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
ހިޔާލު

😭

إنا الله ؤإنا إليه راجعون