Male maguthakun fen hindhan MNDF in nikumejje
image
އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ---ފޮޓޯ:އެމްއެންޑީއެފް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

މާލޭގެ މަގުތަކުން ފެން ހިންދަން އެމްއެންޑީއެފުން ނުކުމެއްޖެ

މިއަދު ހެނދުނުއްސުރެ މާލެއަށް ބޯކޮށް ވާރެވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ސިޓީ އަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާ ގުޅިހެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފަން އިން ފެން ހިންދިމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިވަގުތު ޕަންޕު ބޭނުން ކޮށްގެން ފެން ހިއްކަމުންދަނީ ވެސްޓް ޕާކު ސަރަހައްދު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މާލޭއަށް މިހާރު ކުޑަކޮށް ވިއްސާރަ ވެހެމުންދިޔަ ނަމަވެސް މަގުމަތުގައި ފެންބޮޑުވެއެވެ. ވަކިން ހާއްސަކޮށް ވާރޭވެހިއްޖެނަމަ މާފަންނު ސަރަހައްދުގައި ފެން ބޮޑުވެ އެ ސަރަހައްދުގެ ގެތަކަށް ވެސް ފެން ވަދެއެވެ. އަދި އައިޖީއެމްއެޗް މަގާއި އަމީނީ މަގަކީ ފެށުނީއްސުރެ ފެންބޮޑުވާ މަގެކެވެ.

މާލޭގެ މަގުތަކުން ފެން ނުހިނދެނީ ކާނުތައް ބެދި ފެން ނުހިނދޭތީ އެވެ.

ރާއްޖެއަށް ވިދުވަސްވަރު ކުރަމުން މިދާ ވިއްސާރާއިގައި މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ. އޭގެ އިތުރުން މިއަދު ހެނދުނު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
ހިޔާލު

ޑޮލަރިފޯރި

ސީޓީ ކައުންސިލުން ތިކަން ވަކިކޮށފަ ކާނު ސާފުކިރުމާ ފެން ހިންދުން ސިފައިންގެ އެކުވެރި ކުންފުނީގެ ދަށަށް އާރާްސްތުކޮށް ބަރުދާސް ކުރެވޭނެ ގޮތްބހަދަންވާô