JSC ah ehbaarulun dheynan: Fuluhun
image
އަބްދުﷲ ޔާމީން
0 ކޮމެންޓް
 

ޖޭއެސްސީއަށް އެއްބާރުލުން ދޭނަން: ފުލުހުން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެއްބާރުލުން ދޭނެކަމަށް ފުލުހުން ބުނެފިއެވެ.
ޖޭއެސްސީއަށް އެއްބާރުލުން ދޭނޭކަމަށް ފުލުހުން ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަ ފުލުހުންގެ އިދާރާ އަށް ޖުލައި މަހު ހުށަހަޅާފައިވާއިރު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅަފައިނުވާ ކަމަށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނިކޮށެވެ.

ޖޭއެސްސީގެ އެ ބަޔާން ނެރުނު ފަހުން ފުލުހުން މިރޭ ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމާއި ގުޅިގެން ފުލުހުންގެ ފަރާތުން އެކި އިދާރާތަކަށް ދޭން ޖެހޭ މައުލޫމާތު ފޮނުވަމުން ގެންދާނެކަމަށެވެ.

ސަސްޕެންޑް ކޮށްފައިވާ ގާޒީ ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އަތުން ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަލްހާން ވިދާޅުވެފައިވަނީ ހައިލަމްއަށް ދެ ލައްކަ ރުފިޔާ ލޯނެއްގެ ގޮތުގައި ދީފައިވާނެކަމަށާއި، އަދި ވެސް ފައިސާ ދޭނެކަމަށެވެ.

"އަދި ތަހުގީގަކަށް ފުލުހުންގެ ފަރާތުން އެއްބާރުލުންދީ ޖަވާބުދަރީވާނެ ކަމުގެ ޔަގީންކަން ފުލުހުން ދެން،" ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލަށްލާނެކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން މަސައްކަތް ކުރިމަށް ހައިލަމް ވަނީ ތުހުމަތުކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ހައިލަމް ވިދާޅުވެފައިވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.

ހައިލަމް މިހެން ވިދާޅުވިއިރު، ނޮވެމްބަރު ތިންވަނަ ދުވަހު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ވައިބާ ގުރޫޕަކަށް ހައިލަމް ލީ ފޮޓޯއެއްގައި ރައީސުލްޖުމްހޫރޮއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ހިލިހިލާ ޖަހާފައިވާ ކުރެހުމެއް ހުރުމުން އެ މައްސަލަ ތަހުގީގުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑު ވެސް ކޮށްފައެވެ.

ހައިލަމް ސަސްޕެންޑު ކުރީ ރައީސް ޔާމިންގެ ޝަރީޢަތުގެ ހުކުމް އިއްވަން ޝަރީއަތް ބާއްވަން އޮތް ދުވަހުއެވެ. އޭގެ ސަަބަބުން އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް މިމަހު 17 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.
ހިޔާލު