Majileehun hahguthah rahkaatherikohdheynan: Raees Nasheed
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: ---
ނަސްރުﷲ މުހައްމަދު
0 ކޮމެންޓް
 

މަޖިލީހުން ހައްގުތައް ރައްކާތެރިކޮށްދޭނަން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެކަމަށް އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާނީ އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅުވައިގެން ރައީސް ނަޝީދު ވިދޅުވީ، ގާނޫނު ނެގެހެއްޓުމުގައި މަޖިލީހަކީ މުހިންމު އިދާރާއެއްކަމަށެވެ.

"މަޖިލީހުން ގާނޫނުތަކާއި ހައްގުތައް ދަމަހައްޓަންޖެހޭ. ދަމަހައްޓާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފާއިތުވީތަނުގައި ހައްގުތައް ނިގުޅައިގެނެފައިވާކަން ގަބޫލުކުރަން ދައުލަތުން ފަހެއް ނުޖެހޭކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވެސް ވަނީ މިއަދު ވިދާޅުވެފައެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިވެގެން ބަންޑާރަ ނައިބު ވިދާޅުވީ، އެންމެ މީހެއްގެ އިންސާނީ ހައްގު ގެއްލުވާލުމުން އޭގެ އަސަރު މުޅި މުޖުތަމައަށްވެސް ކުރާކަމަށެވެ.

"ފާއިތުވީ ތަނުގައި ހައްގުތައް ނިގުޅައިގަނެފައިވާކަން ގަބޫލުކުރަން ދައުލަތުން ފަހެއް ނުޖެހޭ. އެއީ ކޯޓުތަކުގައި ވިއަސް އެކަން ދައުލަތުން ގަބުލުކުރޭ އަދި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުން،"

ރިއްފަތު މިހެންވިދާޅުވިއިރު، ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނެގުމަށް ފަހު މަރާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ރިޟްވާނުގެ އާއިލާއިން އިންސާފު ހޯދާ ދިނުމަށް އަދިވެސް އަންނަނީ ގޮވާލަމުންނެވެ.
މަޖިލިސް 2019
ހިޔާލު