Kandu gadhavaane samaaluvey: MET
image
ގުފްތަގު އަޖީރު
0 ކޮމެންޓް
 

އުތުރާއި މެދުތެރޭގެ ކަނޑު ގަދަވާނެ ސަމާލުވޭ: މެޓް

އުތުރާއި މެދުތެރޭގެ ކަނޑު ގަދަވާނެތީ ދަތުރުކުރޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޑިޕާޓްމަންޓް އޮފް މީޓްރޮލޮޖިކަލް ސާވިސް އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށެވެ.

"ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ."

އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

"އުތުރާއި މެދުތެރޭގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.
މެޓް
ހިޔާލު