Technical Massala akaa gulhigen Aasandhaage Hidhumai Vaguthukolhakah Medhukendihjj
image
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ޓެކްނިކަލް މައްސަލައަކާ ގުޅިގެން އާސަންދަ ވަގުތުކޮޅަކަށް މެދުކެނޑިއްޖެ

މިއަދު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އާސަންދާގެ ހިދުމަތް ވަގުތުކޮޅަކަށް މެދުކެނޑިފައެވެ.
އާސަންދާގެ މިޑިޔާ އޮފިޝަލް ވިދާޅުވީ ކުއްލި ގޮތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އާސަންދާގެ ހިދުމަތް ވަނީ މެދު ކެނޑިފަ ކަމާށާއި އެކަމަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެެވެ. މިހާރު މި މައްސަލަ ހައްލު ވެފައިވާ ކަމަށްވެސް އާސައްދައިން ބުނެއެވެ.

މިފަދަ މައްސަލަތަށް ދެވަނަ ފަހަރަށް ކުރިމަތި ނުވާނޭ ގޮތަށް ހެދުމައް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އަދި މިފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް އާސަންދަ ކުންފުނިން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އާސަންދަ މެދު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ މިކަމުގެ އުނދަގޫ ވެފައެވެ. އަދި ގިނަ ބަޔަކު ދިޔައީ މިކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާހޯދަން ދިޔަ މީހަކު ބުނީ މިއަދު ޑޮކަޓަރަށް ދައްކަން ގޮސްގެން އެކަން ވާގޮތް ނުވި ކަމަށެވެ.

"9 ޖަހާއިރު އޮތް އެޕޮއިންޓް މެންޓަކަށް ޑޮކްޓަރަށް ދައްކަން ދިޔައީ ، އެކަމު އާސަންދަ ނެތީމަ އިހައް މަޑު ކުރާށޭ ބުނީ . މިހާރު އެޕޮއިންޓމެންޓު ކެންސަލް ނުވާ ކަމެށްވެސް ނޭނގޭ" އޭނާ ބުންޔެވެ.
ހިޔާލު