Sidharth grade 9 ehgai fail vi
image
ސިދާތު---
2 ކޮމެންޓް
 

ސިދާތު ގުރޭޑު ނުވައެއްގައި ފެއިލްވި

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ސިދާތު މަލްހޯތުރާ ގުރޭޑު ނުވެއްގައި ފެއިލްވި ކަމަށް އޭނާ ބުނެފިއެވެ.
"ޖަބަރިޔާ ޖޯޅީ ޕްރޮމޯޓުކުރުމަށް "ދަ ކަޕިލް ޝަރްމާ ޝޯ" އަށް ސިތާދު އާއި ޕްރިނީތި ޗޯޕްރާ ގޮސްފައިވާއިރު ޝޯ ތެރެއިން ސިދާތު ވަނީ ގްރޭޑު ނުވައެއްގައި ފެއިލްވި ކަމަށް ބުނެފައެވެ.

ސިދާތު ބުނިގޮތުގައި އޭނާ ނުވައެއްގައި ފެއިލްވީ އަންހެން ކުދިންނާ ހެދިއެވެ. އޭރު އޭނާ ސަމާލުކަން ދެނީ ހަމައެކަނި އަންހެން ކުދިންނަށް ކަން ވެސް ސިދާތު ވަނީ ބުނެފައެވެ. އެއަށްފަހު އެހެން ސުކޫލަކަށް އެނާ ބަދަލުވެފައިވާއިރު ގްރޭޑު 10 އަދި 11 ގައި ވަރަށް ރަނގަޅު ނަތީޖާއަކުން ފާސްވި ކަމަސް ވެސް ސިދާތު ވަނީ ބުނެފައެވެ.

ސިދާތު ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ހަސީ ތޯ ޕަސީ" އާއި "އެކް ވިލަން" އާއި "ބްރަދާސް" އާއި "ކަޕޫރް އެންޑް ސަންސް" އާއި "ބާރް ބާރް ދޭކޯ" އާއި "އަ ޖެންޓަލްމެން" އާއި "އިއްތިފާގް" އަދި "އަތްޔާރީ" ހިމެނެއެވެ.

އޭނާ ދެން ފެނިގެންދާނީ 'ޖަބަރިޔާ ޖޯޑީ' އިންނާއި "މަރްޖާންވާ" އިންނެވެ. އެދެފިލްމު ވެސް މިއަހަރު ނެރުމަށް ވަނީ ނިންމާފައެވެ.
ހިޔާލު

ސަލް

މާއްދާއަކުން ގުރޭޑަކުން ސްކޫލަކުން ކޮލެޖަކުން ޔުނިވަސިޓީއަކުން ފެއިލް ވުމަކީ ދިރިއުޅުމުގައި ފެއިލްވާންޖެހޭ ސަބަބެއް ނޫންކަން މިކަމުންވެސް ސާފެވެ

މަކްސޫސް

ފިންލެންޑް ސިސްޓަމަށް ކިޔެވިނަމަ ތިހެންވާ ނުޖެހުނީއެނު؟