Coma gai oiy meehaa fiyavai ehen hajjaajeenge haalathu rangalhu
image
ދިވެހި ހައްޖުވެރީން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ކޯމާގައި އޮތް މީހާ ފިޔަވައި އެހެން ހައްޖުވެރިންގެ ހާލު ރަނގަޅު: އިސްލާމިކް މިނިސްޓްރީ

މިއަހަރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ކޯމާއެއްގައި އޮތް އަންހެން މީހާ ފިޔަވައި އެހެން ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސީއެންއެމް އަށް ވިދާޅުވީ ޖުމްލަކޮށް ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެކަމަކު ކޯމާގައި އޮތް އަންހެން މީހާގެ އިތުރު މައުލޫމާތު ލިބޭނީ މިއަދުގެ ފަހުގެ ވަގުތެއްގައި ކަމަށެވެ.

އިއްޔެ ކޯމާއަށް ގޮސްފައިވަނީ ފ. ދަރަނބޫދޫ އަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ސީމާ މޫސާ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބޮލަށް އެނބުރުން އަރައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީމާ ހިލަ އުކުމަށްފަހު އެނބުރި ޓެންޓަށް އައި ފަހުން އެނބުރުން އަރައިގެން ވެއްޓި ބޯޖެހި ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވަނީ ސްޓްރޯކެއް ޖެހިފަ އެވެ.

މިއަހަރު 2000 ހާ މީހުން ރާއްޖެއިން ހައްޖަށް ގޮސްފައި ވެއެވެ.
ހިޔާލު