NAM Championship mi mahu 18 ga fashanee
image
ނާޕް ޗެމްޕިއަންޝިޕްގެ 2017 ވަނަ އަހަރުގެ ޗެމްޕއިަން އާރްއެލްސީ-- ފޮޓޯ: އާރްއެލްސީ
މިއުނާ ހަސަން
0 ކޮމެންޓް
 

ނާމް ޗެމްޕިއަންޝިޕް މިމަހު 18 ގައި ފަށަނީ

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (ނާމް) ޗެމްޕިއަންޝިޕް މި މަހު 18 ގައި ފެށުމަށް ތާވަލުކޮށްފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތަކީ، ގައުމީ ނެޓްބޯޅަ މުބާރާތުގެ އިތުރުން ދެން ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ ނެޓްބޯޅަ މުބާރާތެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރި ވެއެވެ. އެގޮތުން ދެ ގުރޫޕަކަށް ޓީމްތަށް ބަހާލާފައި ވާއިރު ގުރޫޕްއޭގައި ހިމެނިފައި ވަނީ ސްކައިލާކް އާއި ޔުނައިޓެޑް ޔުނިޓީ އަދި ޒެނިތު ގެ އިތުރުން ޔޫތު ޔުނައިޓެޑް އެވެ.

ގައުމީ މުބާރާތުގެ ދެވަނަ ކުޅުދުއްފުށި ޔޫތު ރެކްރިއޭޝަން ކްލަބު ހިމެނިފައި ވަނީ ގުރޫޕު ބީގައި މެޓްރިކްސް އަދި ޝައިނިންސްޓާ އާއެކު އެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒު އެތެރެ ހޯލު (ސޯޝަލް އިންޑޯ) ގައެވެ.
މި މުބާރާތުގެ އޯޕަނިން މެޗުގައި ވާދަކުރާނީ ސްކައިލާކް އާއި ޔުނައިޓެޑް ޔުނިޓީ އެވެ.

ނާމް ޗެޕްޕިއަންޝިޕަކީ ނެޓްބޯލް އެސޯސިއޭޝަންގެ މެނޭޖުމެންޓު ބަދަލުވި ފަހުން މިއަހަރުގެ މިހާތަނަށް ކުރިއަށް ގެންދާ ތިންވަނަ މުބާރާތެވެ.
ނެޓް ބޯޅަ
ހިޔާލު