Dhoanyyeh ge engine huttigen MNDF in eheetherikan foarukohdhenee
image
މީގެ ކުރިން އިންޖީނު ހުއްޓީގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިން ދޯންޏެއް--- ފޮޓޯ: އެމްްއެންޑީއެފް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިވަނީ

ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މާލެ އިން ފުރައިގެން ފަސް މީހުންނާއެކު ދަތުރުކުރި 80 ފޫޓު ގެ "އޯޝަން ރައިޑާ" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. ތިލަފުށީ އުތުރުން ނުވަ މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް ކޯސްތުގާޑު ސުކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނީގައި ފަސް މީހުން ތިބި ކަމަށެވެ. އެގޮތުން އެއް ދިވެއްސަކާއި ހަތަރު ބިދޭސީން ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު 06:50 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ހިޔާލު